Student Hand book

2. Philosophy

އުނގެނުމުގެ ތަފާތު މުއްސަނދި ތަޖްރިބާގެތެރެއިން ކޮންމެކުއްޖެއްގެ މުޅިޤާބިލްކަމަށް ވާޞިލްވެވޭ އެންމެމޮޅު ސްކޫލް ކަމުގައިވުމެވެ.

 

އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިތަޞައްވުރަށް ވާޞިލްވެވޭނީ:

މަޢުލޫމާތު ހޯދައިގަތުމަށާއި ހުނަރުތައް ތަރައްޤީކުރުމަށާއި ހުރިހާ މައިދާނެއްގައި ކުރިއަރައިގަތުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

ފިލާވަޅުތަކަކީ ، މުއްސަނދި ޚިޔާލުއެކުލެވޭ ކުދިންގެ ވިސންނުން ތަރައްޤީވުމަށް އެހީވެދޭ ، އެއްޗަކަށް ހެދިގެންނެވެ.

ކެތްތެރިކަމުގެ މަތިވެރި އަގުތަކާއި، ނިޢުމަތަށް ޝުކުރުކުރުމާއި، އެންމެންގެ ކިބައިގައިވެސް އިންސާނީތަފާތު ހުންނާނެކަން ޤަބޫލުކޮށްގެންނެވެ.

ހުރިހާ ދަރިވަރުންނަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ، ވަޠަނަށް ފަޚުރުވެރިވާ، އަމިއްލަ ނަފްސަށް ލޯބިކުރާ ކުއްޖަކަށް ވެވިގެންނެވެ.

އާޚިޔާލުތަކަށް ފުރުޞަތުދެވޭ ހުޅުވިފައިވާ މާޙައުލެއް ގާއިމުކުރެވިގެންނެވެ.

އެންމެ ރަނގަޅު ތައުލީމު ދެވޭނީ އަޅާލާ މާޙައުލެއްގައިކަން ގަބޫލުކުރެވިގެންނެވެ.